ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13
ޤަވާޢިދު: الزِّيَادَةُ عَلَى النَّصِّ لَيْسَتْ نَسْخًا މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞަށް އިތުރުވުމީ ނަސްޚެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ނައްޞެއް ވާރިދުވެފައި، އޭގެ ފަހުން، އެ ނައްޞުގައިވާ ކަންތަކަށް ކަމެއް އިތުރުވާނޭހެން، އަދި ފުރަތަމަ ނައްޞާއި މުސްތަޤިއްލު ނޫން ގޮތަކަށް ދެވަނަ ނައްޞެއް އަތުވެއްޖެނަމަ، އެ ދެވަނަ ނައްޞުގެ ސަބަބުން ފުރަތަމަ ނައްޞު ނަސްޚެއް ނުވާނެއެވެ. އަދި ކިއެއްތަ! އެ ދެވަނަ ނައްޞު ވާހުށީ ބަޔާނަކަށް އަދި ތަޚްޞީޞްއަކަށެވެ. މިއީ، ގިނަ…