ރަނާއި ރިހީގެ ޒަކާތް ނެރޭނެ ގޮތް
ރަންރިހިން ޒަކާތް ނެރެންޖެހެނީ ސާޅީސް ބައިކުޅައެއްބައެވެ. ނުވަތަ %2.5 އެވެ.
ރަންރިހިން ޒަކާތް ނެރެންޖެހެނީ ސާޅީސް ބައިކުޅައެއްބައެވެ. ނުވަތަ %2.5 އެވެ.
ޒަކާތުގެ ޙައްޤުވެރިން ޙަމްދުހުރީ ﷲ އަށެވެ. އެއިލާހު ނިކަމެތިކުރައްވައިފި އަޅަކު ވަތިވެރިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަތިވެރި ކުރައްވައިފި އަޅަކު ނިކަމެތިކުރައްވާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވައިފި އެއްޗެއް މަނާކުރާނެ އިތުރު ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވުން މަނާކުރައްވައިފިނަމަ ދެއްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު ގުޅުވައިފި ކަމެއް ވަކިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ވަކިކުރައްވައިފި ކަމެއް ގުޅުވާނެ ފަރާތެއް ނުވެއެވެ. މަތިވެރިވެގެންވާ، ކަންކަން ތަދުބީރު ކުރައްވައި…
ޙައްޖުވުމަށްޓަކައި އިސްލާމީ ބޭންކެއްގައި ފައިސާ އެއްކުރަމުންދާ މީހަކު، އެފައިސާއިން ޒަކާތް ނެރުން ވާޖިބުވާނެ ހެއްޔެވެ؟
މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުގެ މިސާލުތަކުގެ ތެރޭގައި؛ ގެއްލިފައިވާ މުދާ، ކަނޑަށް ވެއްޓިފައިވާ މުދާ، ފޭރިގެންފައިވާ މުދާ، ވެރިކަމުގެ ފަރާތުން ނަގާފައިވާ މުދާ ހިމެނެއެވެ.
ޒަކާތުގެ ހުރިހާ މުދަލެއްގައިވެސް ފުރިހަމައަށް މިލްކުވުމަކީ ޝަރުޠުވެގެންވާ ކަމެކެވެ.
ޒަކާތް ވާޖިބުވުމުގައި ބުއްދިސަލާމަތުންހުރުމާއި، ބާލިޣުވުން ޝަރުޠުވެގެން ނުވެއެވެ.
ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި މުދަލުގެ ވެރިފަރާތަކީ މިނިވަނަކު ކަމުގައިވުން ޝަރުޠުވެގެންވެއެވެ.
ޒަކާތް ވާޖިބުވާނީ މުސްލިމުންގެ މައްޗަށެވެ. އަދި އެއްވެސްގޮތަކަށް އިސްލާމްނުވެހުރި ކާފަރެއްގެ މައްޗަށް ޒަކާތްދިނުމެއް ނުވެއެވެ.
ޒަކާތްދިނުމުން މަނާވެގެންފިމީހާގެ މުދަލުން ޒަކާތަށް ވާޖިބުވާ މިންވަރުގެ އިތުރަށް ޢުޤޫބާތެއްގެގޮތުން އެއްޗެއް ނެގިދާނެތޯއާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. މިގޮތުން ދެބަސްފުޅެއް އައިސްފައިވެއެވެ.
ޒަކާތް ނުދިނުމުން މީސްތަކުން ދުރުހެލިކުރެއްވުމުގެގޮތުން، ޚާއްޞަކޮށް ޒަކާތްނުދޭމީހާއަށް އާޚިރަތުގައި ލިބޭނެ ޢުޤޫބާތުގެ ވާހަކަ ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވެއެވެ.
ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ.
އިޞްޠިލާޙީގޮތުން ޒަކާތަކީ؛ ކަނޑައެޅިފައިވާ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ވަކި ޚާއްޞަ ބަޔަކަށް ނުވަތަ ފަރާތަކާ ޙަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ.
ޒަކާތުގެ ބެހެނިވެރިން:
ފިޠުރު ޒަކާތް:
ވިޔަފާރިމުދަލުގެ ޒަކާތް:
ދަރަނީގެ ޒަކާތް