އިމްތިޙާނުތަކަށް ކެތްތެރިވާށެވެ.
އާދަމު ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމަށްފަހު ޤިޔާމަތާއި ހަމައަށް ދާނދެން ކޮންމެ މީހަކީވެސް ކޮންމެވެސް މުސީބާތެއްކުރިމަތިވާނެ މީހެކެވެ. ކޮންމެވެސް އުނދަގުލެއް ނުވަތަ އިމްތިޙާނެެއް ކުރިމަތިވާނެ މީހެކެވެ. ﷲ ތަޢާލާ އިމްތިޙާން ނުކުރައްްވާ އެއްވެސް މީހަކު ނުވެއެވެ.