
އީމާންކަމުގެ ގުޅުން ނެތްނަމަ…!
އިސްލާމްދީނުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އަމާންކަމާއި ސުލްހަވެރިކަން ޤާއިމުވެފައިވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރާބައެއްކަމުގައި އަޅުގަނޑުމެންވީމުއެވެ. ބައިންބަފައިންނަށް އިޙްތިރާމްކޮށް އަޅާލާ ބައެއްކަމުގައި އަޅުގަނޑުމެން ވީމުއެވެ. ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް އަހަންމިއްޔަތުކަންދޭ ބައެއްކަމުގައި ވީމުއެވެ.