الأسماء والصفات ގައި އިލްޙާދުކުރުން
އެއީ الأسماء والصفاتއަށް ދިނުން ޘާބިތުވެގެންވާ ޙައްޤެއް ދިނުމުންނާއި، އެއިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނަ ދެނެގަތުމުން އެއްކިބާވުމެވެ. ބަހުގެގޮތުން އިލްޙާދުގެ މާނައަކީ ލެނބުމެވެ.
އެއީ الأسماء والصفاتއަށް ދިނުން ޘާބިތުވެގެންވާ ޙައްޤެއް ދިނުމުންނާއި، އެއިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނަ ދެނެގަތުމުން އެއްކިބާވުމެވެ. ބަހުގެގޮތުން އިލްޙާދުގެ މާނައަކީ ލެނބުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގައާއި ޞިފަފުޅުތަކުގައި މަޚްލޫޤުންނާ އެއްވައްތަރުވުމުން އެއިލާހު ހުސްޠާހިރުވެގެންވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ނަފްސަށް ޞިފަކުރައްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ އެއިލާހަށް ޞިފަކުރައްވާފައިވާ ކޮންމެ ޞިފަފުޅައަކަށް ތަޢުޠީލުކުރުމެއްނެތި، އަދި ތަޙްރީފުކުރުމެއްނެތި، އަދި ތަކްޔީފުކުރުމެއްނެތި، އަދި ތަޝްބީހަކުރުމެއްނެތި އީމާންވުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމަކީ ﷲއަށް އީމާންވުމުގެ ތެރެއިން ހިމެނޭކަމެއް.
އަހުލުއްސުންނާ ވަލްޖަމާޢަތަށް، އެހެނިހެން ބާޠިލްޢަޤީދާތަކުގެ މީހުންގެ ތެރެއިން އެންމެގިނަމީހުން ވަންނަމުންދާ އެންމެ މައި ދޮރަކީ އަސްމާއު ވައްޞިފާތުގެ ބާބެވެ.
އަހުލުއް ސުންނާ ވަލްޖަމާޢަތް: އެއީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފުމަށް އެއްބައިވާ މީހުންނެވެ.