ބަލިމީހާއަށް ޒިޔާރަތްކުރުމުގެ މާތްކަން
ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ މުޖުތަމަޢަށް ކަޅިއެއް އެއްލާ ބަލައިފިނަމަ، ފެންނަމުންދާ ހިތާމަވެރި މަންޒަރަކީ ބަލިމީހުންނަށް އެކަށީގެންވާ އަޅާލުމެއް ނުދޭތަނެވެ. ހޮސްޕިޓަލުގައި އަޅާލާނެ ބަޔަކު ނުވެ، އެނދުތަންމަތިވެފައިވާ ތަނެވެ.