
ހޯނު މެރުން – 2
ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ޙަދީޘުގައި “އެ ސޮރު އިބްރާހީމު عَلَيْهِ السَّلَام (އެއްލައި ލެވުނު އަލިފާންގަނޑަށް) ފުމޭ ކަމުގައި ވިއެވެ.” މިފަދައިން އައިސްފައި ވުމުން ދަލީލުކޮށްދެނީ އެ ސޮރުގެ ފާސިޤުކަމަށެވެ. އަދި ނުބައި ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ސޮރު ޤަތުލު ކުރުމަށް އައިސްފައިވާ އަމުރުފުޅުގެ ހަމައެކަނި ޢިއްލަތެއް ނޫނެވެ.