އަހަރެން ޤުރްއާންދެކެ ލޯބިވީ މިހެންވެ… 2
އަހަރެން ޤުރްއާންދެކެ ލޯބިވީ މާމަގެ ސަބަބުން…
އަހަރެން ޤުރްއާންދެކެ ލޯބިވީ މާމަގެ ސަބަބުން…
ކުއްޖަކު ކިޔައިދިނެވެ.
ބައެއް އަޅުކަންތައް އަދާކޮށް ނިމުމުން ނަބިއްޔާ صلى الله عليه وسلم، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވެވަޑައިގަންނަވާކަމަށް ވާރިދުވެފައިވެއެވެ.
ﷲ ތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުމަށް އުންމީދުކުރާ ޙާލު، ހާރުދަމުގެ ވަގުތު ރޭ އަޅުކަމުގައި ހޭދަކުރުމަކީ ޞާލިޙުންގެ އާދައެކެވެ.
ތިބާ ކުރާ ހަމަ އެންމެ ފާފައެއްގެ ސަބަބުންވެސް ނަރަކައިގައި އޮންނަން ޖެހިދާނެތީ އެކަމާ ބިރުވެތިވާށެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ. ފަހެ އޭގެ ފިއްތާލުމާއި އަނދިރިކަމާއި އެކަނިވެރިކަމަށް ބިރުވެތިވާށެވެ.
ފާފަކުރުން ހުއްޓާލާށެވެ. އެކަމަށް ދެރަވެ ހިތާމަކުރަށެވެ. އެފާފައަށް އެނބުރި ރުޖޫޢަނުވުމަށް ޢަޒުމު ކަނޑައަޅާށެވެ. އަދި ފާފަ ފުސެއްވުންއެދި ރައްބުގެ ޙަޟްރަތުގައި ދަންނަވާށެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
ޝަރުޢީ އިސްޠިލާހުގައި، ކެތްތެރިކަމަކީ، ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، އަދި އެއިލާހުގެ މިންވަރުފުޅާއި މެދު ރުހިގެންހުރުމެވެ.
ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިސްތިޤްބާލުކުރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔާފައެވެ. ރޯދައިގެ މައްސަރު، ޤުރުއާނުގެ މައްސަރު، ރޭއަޅުކަމުގެ މައްސަރު، ސަދަޤާތާއި ޚައިރާތުގެ މައްސަރު، ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު މިވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މިދަނޑިވަޅުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ނުކުތާތާތަކެއް ވެއެވެ: ރަމަޟާންމަހު އަޅުގަނޑުމެން އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވަންޖެހޭނެއެވެ. ކުރީ ޒަމާންތަކުގައި އުޅުއްވި ޞާލިޙު ބޭކަލުން ރަމަޟާންމަހަށްފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާންމަހުގައި އަދާކުރި…
ތިބާ ހެޔޮޞިއްހަތުގައިވާ ހިނދު އެދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަން ދަންނާށެވެ.
ބާއްޖަވެރިއަކީ މި އިމްތިހާނުތަކުން ކެތްތެރިކަމާއެކު ފާސްވެ ﷲގެ ހަޟްރަތުން މަތިވެރި ދަރަޖަ ޙާޞިލުކުރާ މީހާއެވެ.
މާނައީ: “ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ.”
އެހެންކަމުން އުންމުލްމުއުމިނީން ޢާއިޝާ رضي الله عنها ބަޔަކަށް ހަދިޔާއެއް ފޮނުއްވާނަމަ އެގެންދާމީހާ ގާތު ވިދާޅުވެއެވެ. “އަހަރެމެންނަށްޓަކައި އެބައިމީހުންކޮށްދޭ ދުޢާ އަޑުއަހާށެވެ. އެއީ އެކުރި ދުޢާއަކާ އެއްފަދަ ދުޢާއެއް އެބައިމީހުންނަށް ކޮށްދިނުމަށްޓަކައެވެ. އޭރުން އަހަރެމެންގެ އަޖުރުވާނީ ﷲ ގެ ޙަޟްރަތުންނެވެ.” އަދި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެއެވެ. “ތިބާ މިސްކީނަކަށް އެއްޗެއް ދިނުމުން ‘ތިބާއަށް ﷲއަށް ބަރަކާތްލައްވާށިއެވެ.’ މިފަދައިން ބުނެފިނަމަ، ފަހެ ބުނާށެވެ. ‘ތިބާއަށްވެސް ﷲއަށް ބަރަކާތްލައްވާށިއެވެ.’” އޭގެ ބޭނުމަކީ ތިބާކޮށްދިންކަމުގެ ބަދަލުގައި ދުޢާކޮށްދިނުމުން އެމީހާއަށްވެސް އެފަދަ…
އިޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމަކީ އަޅާގެ ދަރަޖަ މަތިވެރިވެގެންދާކަމެކެވެ. އެއީ އެކަންކުރާއިރު ޙާލުގައި ޖެހިފައިވާ މީހެއްގެ ދުޢާ ލިބުމުގެ އެދުމެއް ނެތި ނުވަތަ ޘަނާލިބުމަށް އެދުމެއް ނެތި ނުވަތަ މަޝްހޫރުވުމަށް އެދުމެއް ނެތި ނުވަތަ ދުނިޔަވީ މަންފާއެއް ލިބުމަށް އެދުމެއް ނެތި އެކަންކުރުމެވެ. ފަހެ ފަޤީރަކަށް ޞަދަޤާތްކުރާއިރު ތިބާއަށްޓަކައި ދުޢާކޮށްދޭނެކަމުގެ އުންމީދުގައި ޞަދަޤާތްނުކުރާށެވެ. އަދި ކިއެއް ހެއްޔެވެ. ﷲ ތަޢާލާގެ ރުއްސެވުން އެދި އެފަދަ މީހުންނަށް ހޭދަކުރާށެވެ. އެއީ އަންނަނިވި އާޔަތުގައިވާ ފަދަ މީހަކަށް ވުމަށެވެ. ﴿وَمِنَ النَّاسِ مَن…
އަރާމު ތަންމަތިތަކުގައި މީސްތަކުން ޒީނަތްތެރިވާ ވަޤުތުގައި، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ޙަޟްރަތުގައި ހާރުދަމުގެ ވަޤުތުތަކުގައި ދަންނަވާށެވެ. އެންމެ ދުޢާއެއްގެ ސަބަބުންވެސް ހުރިހާކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. ފަހެ ދަރިން ނުލިބޭމީހުންނަށް ދަރިން ލިބި، ބަލިމީހުންނަށް ޝިފާލިބި، ފަޤީރުންނަށް ރިޒުޤު ތަނަވަސްވެ އަދި އަބާއްޖަވެރިން ބާއްޖަވެރިވެދާނެއެވެ. ﷲ ތަޢާލާ އިރާދަކުރެއްވިބަޔަކު ފިޔަވާ، މިދުނިޔޭގައި ތިބި އެންމެން ޣަރަޤުވެގެން ދިޔައީވެސް އެންމެ ދުޢާއެއްގެ ސަބަބުންނެވެ. އަދި ފިރުޢައުނު ހަލާކުވެގެން ދިޔައީވެސް މޫސާ ޢަލައިހިއްސަލާމްގެ ދުޢާގެ ސަބަބުންނެވެ. ﷲ ތަޢާލާ…