
އަހަރެން ކުރާ ހުރިހާ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނީ ކިހިނެތް 1
އިންސާނާގެ ހެޔޮޢަމަލުތައް ފާސިދުކޮށްލުމަށް ޝައިޠާނާ ދިމާކުރެއެވެ. މުއުމިނު އަޅާ މެދުނުކެނޑި އޭނާގެ ޢަދާވަތްތެރިޔާކަމުގައިވާ އިބިލީހާ ދެކޮޅަށް ޖިހާދުކުރެއެވެ. އެއީ އީމާންކަމުގެ މަތީގައި އަދި ޢަމަލުތައް ޚާލިޞު ކުރާމީހެއްގެ ގޮތުގައި އޭނާގެ ވެރިރައްބާ ބައްދަލުވެއްޖައުމަށް ދާންދެނެވެ.