ޢަރަބި ބަހުގެ ޤަވާޢިދު – ހަތަރުވަނަ ފިލާވަޅު (الفَاعِلُ)
الفَاعِلُ – ކަންކުރާ
الفَاعِلُ – ކަންކުރާ
الفِعْلُ المَاضِي، الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ – ނިމުނުކަން، ވޭވޭހުރިކަން، އަމުރު
الجُمْلَةُ: ޖުމްލައަކީ ފައިދާކުރަނިވި، ގުޅިގެން އަންނަ ބަސްތަކަކަށް ކިޔާ ނަމެކެވެ. މިސާލަކަށް: (قَامَ زَيْدٌ) ، (العِلْمُ كَنْزٌ) ފަދަ ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ޖުމްލައެއް ހިމެނެއެވެ.
މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ “مرجع الطلاب في قواعد النحو” މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.
މާތްވެގެންވާ ސުންނަތުން އަވައްޓެރިން: އަވައްޓެރިންގެ ޙައްޤުތައް: ތަފްޞީލީކޮށް ބުނާނަމަ އަވައްޓެރިންގެ ޙައްޤުތައް ވަރަށް ގިނައެވެ. އެހެންނަމަވެސް މި ހުރިހާ ޙައްޤެއްވެސް ޖުމްލަކޮށް ބިނާވެފައިވަނީ ހަތަރު އަސްލެއްގެ މައްޗަށެވެ. އެއީ: (1) އުނދަގޫކުރުމާއި ގެއްލުންދިނުމުން މަނާވެގަތުން. އަވައްޓެރިންނަށް ކަމޭހިތުމާއި އޯގާތެރިވުމުގެ މާތްކަން އިސްވެ ބަޔާންވެ ހިނގައްޖެއެވެ. ވުމާއިއެކު އެމީހުންނަށް ދަތިކޮށް، ނުހޮރުއްޕާންކޮށް، ދުއްތުރާކުރުމަކީ އެމީހުންގެ ޙައްޤުގައި ކުރެވޭ އުނދަގުލެކެވެ. ޙައްޤަކާނުލައި އުނދަގޫ ކުރުމަކީ ޙަރާމްކަމެކެވެ. ވުމާއެކު ގެއްލުންދިނުން އެއަށްވުރެ ބޮޑުވެގެންވެއެވެ. މާތްﷲ ރުއްސުންލެއްވި أَبُوْ شُرَيْح ނަބިއްޔާ ޞައްލަﷲ…
ޝައްކެއްވެސް ނެތް ގޮތުގައި އަވަށްޓެރިންނަކީ ގޭ ކައިރީގައި އުޅޭ މީހުންނެވެ. އެކަމަކު އަވަށްޓެރިން ހަމައެކަނި ގޭކައިރި ހިސާބުގައި އުޅޭމީހުންނާ ހަމައިން ނިމެނީއެއް ނޫނެވެ. މިއަށްވުރެން އަވަށްޓެރިން މާނަ ފުޅާވެގެންވެއެވެ. އެގޮތުން ވިޔަފާރިކުރުމާއި ބާޒާރާއި ދަނޑުތަކާއި އޮފީސްތަކާއި ސްކޫލުތަކާއި އަދި މިނޫންވެސް ތަންތާނގައި ތިމާއާ އެކުގައިއުޅޭ މީހުންނަކީވެސް އަވަށްޓެރިންނެވެ.
އަވަށްޓެރިންގެ މިންގަނޑު: އަވަށްޓެރިންގެ މިންގަނޑާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުއްޓެވެ. އޭގެތެރެއިން ބައެއް ރައުޔުތަކަކީ([1]): 1) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ސާޅީސްގޭގެ ދުރުމިނެވެ. މިގޮތަށް عَائِشَةُގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަދި الزُهُرِي އާއި الأَوْزَاعِي ގެ ބަހަކީވެސްމިއެވެ. اِبْن حَجَر ވިދާޅުވެފައިވެއެވެ. ”اِبْن وَهَبގެ އަރިހުން يُوْنُسގެ އަރިހުން اِبْن شِهَاب ރިވާކުރެއްވިއެވެ: ކަނާތްފަރާތުންނާއި، ވާތްފަރާތުންނާއި، ކުރިމަތިންނާއި، ފަހަތުން ސާޅީސްގެއެވެ.“([2]) 2) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ދިހަގޭގެ ދުރުމިނެވެ. 3) ބަންޤީގެ އަޑު…
އަވަށްޓެރިންގެ މާނަ: ބަހަވީ ގޮތުން الْجَارِ (އަވަށްޓެރިޔާ)އާ ބެހޭގޮތުން اِبْنُ مَنْظُوْر ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަވަށްޓެރިވުމަކީ ކައިރިއެވެ. އެހެނީ އަވަށްޓެރިންނަކީ ތިބާއާ ކައިރީގައި އުޅުމެވެ. އަދި އަވަށްޓެރިވުމަކީ ކައިރިވުމެވެ. އެހެނީ ކައިރީގައި ދިރިއުޅުމެވެ. އަދިވެސް ވިދާޅުވެފައިވެއެވެ. ތިބާގެ އަވަށްޓެރިއަކީ ތިބާއާ ކައިރީގައި އުޅޭމީހުންނެވެ.”[1] އިޞްޠިލާޙީ ގޮތުން الْجَارِ (އަވަށްޓެރިޔާ) އަކީ: މުސްލިމުންނާއި ކާފަރުން، ދީންވެރި މީހުންނާއި ދީންވެރިނޫންމީހުން، ރަހުމަތްތެރިންނާއި ޢަދާވާތްތެރިން، ބިދޭސީންނާއި ރަށްވެހިން، ތިބާއަށް ހެޔޮކޮށް ހިތާ މީހުންނާއި ތިބާއަށް ގެއްލުންދޭ މީހުން، ރަށްޓެހިންނާއި ބީރަށްޓެހިން، ތިމާގެ…
ތަޢާރަފު: (1) ކީރިތި ޤުރުއާނުން އަވަށްޓެރިން: މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا﴾[1] މާނައީ: ”ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ. އަދި (އަޅުކަންކުރުމުގައި) އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި،…
الحمد لله رب العالمين. اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين.وبعد: 1. އިޚްލާޞްގެ ކަލިމަކަމުގަައިވާ ( لا إله إلا الله )އެއީ ތަޤުވާގެވެސް ކަލިމައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ: ﴿إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنْزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيماً﴾…
ޠަލްޤު ބުން ޙަބީބު رحمه اللهވިދާޅުވެފައިވެއެވެ.
“ތަޤުވާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭ ނޫރެއްގެ މަތީގައި، އެއިލާހުގެ ޙަޟްރަތުން ޘަވާބަށްއެދޭޙާލު، އެއިލާހަށް ކިޔަމަންތެރިވުމުގެ ޢަމަލުތައް ކުރުމެވެ. އަދި ﷲތަޢާލާގެ ޙަޟްރަތުން ލިބޭ ނޫރެއްގެ މަތީގައި ﷲ ތަޢާލާއަށްއުރެދޭކަންތައްތައް، އެއިލާހުގެ ޢުޤޫބާތަށް ބިރުވެތިވާޙާލު ދޫކޮށްލުމެވެ.”
މޫސާ ބުން އަޢުޔަން رحمه اللهވިދާޅުވެފައިވެއެވެ.
” ﷲތަޢާލާ، ތަޤުވާވެރިންގެ ނަމުން ނަން ދެއްވާފައިވަނީޙަލާލު ކަމެއް (އެބަހީ: ކުރުން ހުއްދަކަމެއް) ޙަރާމް ކަމަކަށް (އެބަހީ: ކުރުން ހުއްދަނޫންކަމަކައް) ވެދާނެކަމުގެ ބިރަށް އެކަން ދޫކޮށްލާ މީހުންނަށެވެ.”
ޝަރުޢީގޮތުން ތަޤުވާގެ މާނައަކީ: ސިއްރާއި ފާޅުގައި ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ތިބާގެ ނަފްސު ސަލާމަތްކޮށް ދުރުވެގަތުމެވެ. އެއީ އެއިލާހުގެ ކޯފާއާއި ޢަޛާބުން ރައްކާތެރިވުމަށެވެ.
އިސްލާމީ ސަލާމަކީ، މީހަކު އޭނާގެ މުޖުތަމަޢުގައި އުޅޭ އުޅުމުގައިވެސް އަނެކުންނާމެދު ގެންގުޅެން ޖެހޭ ޝުޢޫރުގެ ތަރުޖަމާއެކެވެ.
ސަލާމްކުރަންޖެހެނީ ހަމައެކަނި ތިމާ ދަންނަމީހުންނާ އެކަންޏެއް ނޫނެވެ. ތިމާ ނުދަންނަ މީހުންނާވެސް ސަލާމްކުރަންވާނެއެވެ.
﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَاۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا﴾ [سورة النساء:٨٦]
މާނައީ: ” ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. “