މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 3
ރިޒްޤާއި ގުޅުންހުރި ބައެއް އ ިސްމުފުޅުތައް
ރިޒްޤާއި ގުޅުންހުރި ބައެއް އ ިސްމުފުޅުތައް
މައްކާއަކީ މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ބިމެވެ. ކޮންމެވެސް ދުވަހަކުން މިބިމަށް އައުމަށް ކޮންމެ މުސްލިމަކުވެސް އުންމީދުކުރެއެވެ. ތިބާއަށް މައްކާއަށް އާދެވިއްޖެނަމަ، ތިބާ ގިނަކުރަންވީ ކޮންކޮން ހެޔޮ ޢަމަލުތަކެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯއްދެވުމަށް އަރޓިކަލް ވިދާޅުވެލައްވާށެވެ. މައްކާގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު، އެހެން ރަށްރަށުގައި އެޢަމަލުތައް ކުރުމަށްވުރެ ބޮޑުވެގެންވެއެވެ. މިގޮތުން މައްކާގައި އުޅުއްވާއިރު، ތިރީގައިމިވާ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯ ބައްލަވާށެވެ. ޠަވާފްކުރުން ގެފުޅު ވަށައިގެން ޠަވާފުކުރުމަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.…
އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން ދަލާލަތުކޮށްދޭ ބައެއް އިސްމުފުޅުތައް އެހީއާއި މަދަދުދެއްވުމުގައި އެއިލާހު ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް އިސްމުފުޅުތަކުގެ ތެރޭގައި المَوْلَى ، النَّصِيرُ ، المُجِيبُ އަދި الفَتَّاحُ ހިމެނެއެވެ. المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ އިލާހެވެ. النَّصِيرُ ގެ މާނައަކީ ނަޞްރުދެއްވާ އިލާހެވެ. المُجِيبُ ގެ މާނައަކީ ދުޢާ އިޖާބަކުރައްވާ އިލާހެވެ. ﴿وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ﴾ [سورة الحج 78] މާނައީ: “އަދި ތިޔަބައިމީހުން ﷲ…
އަލްއަޢުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا﴾ [سورة الأعراف 180] މާނައީ: “އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާކުރާށެވެ.” މި ލިޔުމުގައި އަލިއަޅުވައިލެވިފައިވާނީ މާތްﷲގެ ބައެއް އިސްމުފުޅުތަކަށާއި އެ އިސްމުފުޅުތަކުން އެއިލާހުގެ ޙަޟްރަތަށް ދުޢާދަންނަވާނެ ގޮތާ ބެހޭގޮތުންނެވެ. އަދި މިލިޔުމުގައި ގެނެސްދީފައިވާ އިސްމުފުޅުތައް ގިންތިކޮށްފައިވާނީ ގާތްކުރާފަދަ މަފްހޫމެއް ދޭހަވާ އިސްމުފުޅުތައް އެކުއެކީގައި ގެނެސްދޭގޮތަށެވެ. އެއިލާހުގެ…
އަސާސް 8: ދައުލަތުގެ އިޤްތިޞާދު ހިންގާނެގޮތުގެ އިރުޝާދުތައް ޙާލަތު ނިޔާކުރާގޮތުން، ސަރުކާރަށް ބައެއް އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުވުމުގެ ބާރު ލިބިފައިއެވެ. އެއީ ޙަރާމް ވިޔަފާރިއެއް ނުވަތަ ބޭއިންސާފުވެރިގޮތްތަކެއް ވިޔަފާރިކުރުމުގައި ގެންގުޅުންފަދަ ޙާލަތްތަކެވެ. އަދި ބައެއް ޙާލަތްތަކުގައި އިޤްތިޞާދީ މަސައްކަތްތައްކުރުމަށް އަމުރުކުރުމުގެ ބާރުވެސް ސަރުކާރަށް ލިބިގެންވެއެވެ. އެއީ އިޤްތިޞާދު އަޑިއަޅާލައިފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖެހުމަށް ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން ލާޒިމުކުރުންފަދަ ކަންކަމެވެ. ޒަކާތް، ޚަރާޖު، ޖިޒްޔަ ނެގުމުގެ ނިޒާމްތަކުގެ…
ރިބާ އަލްފަޟްލު ހިނގާ ބާވަތްތަކާއި އެބާވަތްތަކުން ކުރެވޭ މުޢާމަލާތްތައް ހުއްދަވާނެ ޙާލަތްތައް އަންގައިދޭ ޗާޓް ބޭނުން ކުރެވިފައިވާ ރަމްޒުތަކުގެ ތަފްޞީލު SP – spot exchange މުޢާމަލާތް ހުއްދަވުމަށްޓަކައި އަތުން އަތަށް ބަދަލުކުރުން ލާޒިމްވުން EM & SP – Equal Amount and Spot Exchange މުޢާމަލާތް ހުއްދަވުމަށް ޓަކައި އަތުން އަތަށް ބަދަލުކުރުން ލާޒިމްވުމާއެކު މިނެކިރުމުގައި އެކަތި އަނެކެއްޗަށް ބަދަލުކުރެވޭ މިންވަރު ހަމަހަމަވެގެންވުން ލާޒިމުވުން …
ރިބާއާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ނައްޞުތައް އިސްލާމްދީނުގައި ރިބާވަނީ ޙަރާމްކުރައްވާފައެވެ. ޤިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ : ﴿الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ…