އިސްލާމީ އިޤްތިޞާދު 101 (10)
އަސާސް 7: ރިބާ ޙަރާމްކުރެއްވިގެންވުން ރިބާގެ ދެ ވައްތަރެއްވެއެވެ. އެއީ: ދަރަނީގެ ރިބާ ވިޔަފާރީގެ ރިބާ * ރިބާ އައްނަސީއާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ރިބާ އައްދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ. ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާއަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުން ނުވަތަ ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ…