
ނިފާޤުކަން 6
ނިފާޤުކަމަށް ބިރުވެތިވުން ޞަޙާބީބޭކަލުންނާއި އޭގެ ފަހުން އައި ޞާލިޙްބޭކަލުން ނިފާޤުކަމަށް ނުހަނު ބިރުވެތިވިއެވެ. އެގޮތުން އަބުއްދަރްދާއު (رضي الله عنه) އެކަލޭގެފާނުގެ ނަމާދުގައި އައްތަޙިއްޔާތަށް ފަހުގައި ނިފާޤުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާކުރައްވައެވެ.