ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 62
އަނެއް ގޮތަކީ، ފަހަރެއްގައި އެމީހުން ބުނެފާނެއެވެ. “ޢަރަބި ބަހުގައި فَصَلَ ގެ މާނަ ދެގޮތަކަށް ވެސް ކުރެވެއެވެ. އެހެންވީމަ ތިމަންމެން މާނަ މިކުރާ ގޮތަކީވެސް ހަމަ ރަނގަޅު ގޮތެކެވެ”. އޭގެ ޖަވާބުގައި ބުނަން ޖެހެނީ، ދެ ގޮތަކަށް މާނަ ކުރެވޭ ނަމަ އެ އާޔަތުގައި فَصَلَ ބޭނުން ކުރައްވާފައި އެވަނީ ކޮން މާނައެއްގައި ކަން އެނގޭނީ ޤުރްއާން އޮތް ޙާލަތާއި އެމީހުން އެބުނާ މާނަ އަޅައި ކިޔާލީމައެވެ. ޔަޤީންވެ ކަށަވަރުވާ ކަމަކީ އެމީހުން އެބުނާ މާނައިގައި…